ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް ގަދަ ވަޔާއިއެކު ވިއްސާރަކުރާނެކަމަށް ލަފާ ކުރެވޭތީ، ސަމާލުވާން އެދިއްޖެއެވެ.

Ads by Asuru

މެޓް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރިއަށް އޮތް ފަސްބދުވަހަށް ރާއްޖޭގެ ސަރަހައްދަށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެއެވެނ

އަދި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މިއާއެކު ވިލާގަނޑުގައި 45 މޭލާއި 50 މޭލާއި ދެމެދު ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށާއި މިކަމަށް ސަމާލުވާން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑު ވެސް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭތީ، އެކަމަށް ސަމާލުވާން މެޓުން އެދެއެވެ.