އިއްޔެ ހެނދުނު ހަތަރު މީހުންނާއެކު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ ދޯނި ހޯދުމަށް ވައިގެ މަގުން ބޭނުންކުރަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by Asuru

އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ މ. އަތޮޅު މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ “AAA-37” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

ދޯނި ހޯދުމަށް ހިންގާ އޮޕަރޭޝަނާ ގުޅިގެން ސިފައިން ބުނި ގޮތުގައި، ކަނޑުމަގުން ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޝަހީދު އަލީ ރެއިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި، ވައިގެ މަގުން ދޯނި ހޯދުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ކަމަށްވެސް އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓުގައި ބުންޏެވެ.