ދިވެހިވަންތަކަން ހިމާޔަތްކުރެވޭނީ އާސާރީ ތަރިކަ ރައްކާތެރިކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ދާރުލްއާސާރު ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ ދިވެހިވަންތަކަން ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށެވެ.

އާސާރީ ތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ތަރިކަ ރައްކާތެރި ކުރުމަށް ހާއްސަ މިނިސްޓްރީ އެއް ވަނީ އުފައްދަވާފައެވެ. އެއީ ދިވެހި ބަހާއި ސަގާފަތާއި، ތަރިކައާއި ބެހޭ މިނިސްޓްރީއެވެ.