އިއްޔެ ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

Ads by Asuru

އިއްޔެ ހެނދުނު ހަތަރު މީހުންނާއެކު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ ދޯނި ހޯދުމަށް ވައިގެ މަގުން ބޭނުންކުރަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ މ. އަތޮޅު މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ “AAA-37” ނަމަކަށް ކިޔާ ދޯންޏެކެވެ.

ދޯނި ހޯދުމަށް ހިންގާ އޮޕަރޭޝަނާ ގުޅިގެން ސިފައިން ބުނި ގޮތުގައި، ކަނޑުމަގުން ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޝަހީދު އަލީ ރެއިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި، ވައިގެ މަގުން ދޯނި ހޯދުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ކަމަށްވެސް އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓުގައި ބުންޏެވެ.