މ އާސަހަރާގެ ފިނިޝިންގް މަސައްކަތްތައް ނިންމުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލްގެ ފަރާތުން 4.9 މިލިޔަން ރުފިޔާ ބަޖެޓްކޮށްގެން ފެށި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރި ކުންފުންޏަށް، މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް ވާ 3.9 މިލިއަން ރުފިޔާ ދިނުމަށް ފަހު މަސައްކަތް އެއްކޮށް ނުނިމެނީސް ކޮންޓްރެކްޓް ވަނީ ބާތިލުކޮށްފައެވެ.

އެހެންވެ ސިޓީ ކައުންސިލުން އާސަހަރާގެ ނުނިމި ހުރި ބައިގެ މަސައްކަތްތައް ދެމަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. ފިނިޝިން މަސައްކަތްތައް އެއްކޮށް ނިންމުމަށް ހަވާލުކޮށްފައި ވަނީ 2.7 މިލިއަން ރުފިޔާއަށެވެ.

ދެ ފަންގިފިލާއަށް ތަރައްގީކުރުމަށް ހަމަ ޖެހިފައިވާ އަސަހަރާގެ އާ އިމާރާތުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމްތައް ހިމެނޭނެއެވެ.

އަދި ހިނަވާގޭގައި އެއްފަހަރާ ދެ މީހުން ފެންވެރުވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެއެވެ.

އާސަހަރާ ބަންދުކޮށްފައިވާއިރު ކަށުކަމާކެމީގެ އެންމެހާ ކަމެއް މިހާރު ކުރިއަށް ދަނީ ހުޅުމާލޭ ސަހަރާގައެވެ.

ނަމަވެސް ވާރޭ ވެހި ފެން ބޮޑުވެއްޖެ ހާލަތެއްގައި، މީހުން ވަޅުލަނީ ގަލޮޅޫ ސަހަރާގައެވެ.