ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، ޔެލޯ އެލާޓް ނެރެފިއެވެ.

Ads by Asuru

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.

މެޓުން މި އެލާޓް ނެރެފައިވަނީ ހެނދުނު 10:30 އިން މެންދުރު 14:30 އަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު މި ދުވަސްވަރު ކަނޑު ދަތުރު ކުރާ ފަރާާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުންނާއި އެމްއެންޑީއެފުން ވެސް އިލްތިމާސް ކުރެއެވެ.