ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ބޭރުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.

Ads by Asuru

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މޫސުމީ ބައިނަލްއަގުވާމީ މޮޑެލަތްކުގައި ދައްކާ ގޮތުގައި މި ތޫފާން އުފެދިފައިވަނީ އައްޑޫ ސިޓި އާއި ގާތްގަނޑަކަށް 160 ކިލޯމީޓަރު ބޭރުންނެވެ.

މެޓުން ބުނީ، މި ތޫފާން އުފެދިފައިވަނީ އައްޑޫސިޓީގެ އިރު ދެކުނަށްވާ ކަހަލަ ގޮތަކަށް ކަމަށެވެ.

އައްޑޫ އާއި ވަރަށް ކައިރިން މި ތޫފާން އުފެދިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި ތޫފާން ދަތުރު ކުރާނީ ރާއްޖެއާއި ދުރަށް، އިރު ދެކުނަށް ކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓުން ބުނީ، ފާއިތުވި ދެ ދުވަހު ރާއްޖޭގެ ދެކުނަށް ވައި ފުދޭ ވަރަކަށް ބާރުވީ ތޫފާން އުފެދުމުގެ ކުރިން ހުރި ކޮޅިގަނޑުގެ ސަބަބުން ކަމަށެވެ.

އަދި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވިޔަސް، ރާއްޖެއާއި ދުރަށް ދަތުރު ކުރަމުން އަންނާތީ، މާދަމައިން ފެށިގެން ދެކުނަށް ވައި މަޑުވާނެ ކަމަށް ވެސް ބުންޏެވެ.