ވެރިރަށް މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ދެންމެ ބުނީ ގެއްލިގެން ހޯދަމުން ދަނީ މއ. ބޯޅަކިންކިރީގެ، އަހުމަދު އައިމަން، 30 ކަމަށެވެ.

އައިމަން ހޯދަމުން ދަނީ، އާއިލާ އަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ކަމަށް ފުލުހުން ބުނެއެވެ.

އައިމަން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އޭނާގެ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.