ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ތިން އުޅަނދެއް، ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިތަކެތި ހަވާލުކޮށްދެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޑޯރީ ޓަކެއޫޗީއެވެ. ރާއްޖޭގެ ފަރާތުން ވެހިކަލްތަކާ ހަވާލުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީޒް (އެމްއޭޕީޑީ)ގެ ފަރާތުންނެވެ.
އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
Highlights from the Handover Ceremony of the assistive vehicles granted by Embassy of Japan in Maldives. 🇲🇻 🇯🇵 pic.twitter.com/pyFKkwmylD
— Ministry of Sports, Fitness and Recreation (@MoSFR_mv) August 15, 2022
ޖަޕާނުން ހަދިޔާކުރި ވެހިކަލްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފަސޭހައިން އަރުވައި، ބޭލޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗިއްސެވެ. މަހުލޫފް ވިދާޅުވީ އެ އެއްޗެހީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޮޑު ލުއެއް ލިބިގެން ދާނެ ކަމަށެވެ. އަދި ޖަޕާނުން ދިން އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރެއްވިއެވެ.