އީރާނުގެ ރައީސް އިބްރާހިމް ރައީސީ މަރުވުމާއި ގުޅިގެން ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

Ads by Asuru
ރައީސް އޮފީހުން ބުނީ ރަސްމީ ގޮތުން ހިތާމަފާޅުކޮށް، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ.

އިރާންގެ ރަސްމީ ނިއުސް އެޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީގައި ބުނެފައިވާ ގޮތުން ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އިރާން އާއި އަޒަރްބައިޖާން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އަވަށަކަށެވެ. ރައީސް ރައީސީ އަޖަރުބައިޖާނަށް ކުރެއްވި މި ދަތުރަކީ އިއްޔެ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން ކުރެއްވި ދަތުރެކެވެ.

ރައީސީއާ އެކު އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބުދުالله ހިއަން އަދި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރު މާލިކް ރަހްމަތީ އަދި އިތުރު ބޭފުޅަކު ތިއްބެވިއެވެ.