ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ޑްރޯން އުދިއްސިނަމަވެސް ހުއްދަ ހޯދަންޖެހޭނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އެ މިނިސްޓްރީން މިއަދު ބުނީ، ހުއްދަ ނުހޯދައި ޑްރޯން އުދުއްސާނަމަ ފިޔަވަޅު އަޅާނެކަމަށެވެ.

އެގޮތުން މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއަރޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ނުވަތަ ޑްރޯން އުދުއްސާކަން ފާހަގަވެފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ކޮންމެ ދިމާލެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމުގައިވިއަސް އެ ވުޒާރާގެ ހުއްދަ ހޯދަން ޖެހޭނެކަމަށެވެ.

އަދި ހުއްދަ ހޯދުމަށް އެދި ފޯމު ހުށަހަޅާއިރު، ރަސްމީ ބަންދުނޫން 3 ދުވަސްކުރިން ހުށަހެޅުމަށާއި، ހުއްދަ ނުހޯދާ ޑްރޯން އަރުވާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ބުނެއެވެ.