ބޭނުންވާނެ ތަކެތި:

1 ތާޒާ އެވަކާޑޯ

Ads by Asuru

4/3 ޖޯޑު ގެރިކުރި

ގިރާފައިހުރި ½ ޖޯޑު ހިކިކިރު

½ މޭޒު މަތީ ސަމުސާ ވެނީލާ އެސެންސް

އައިސް ކިއުބް

އައިސް ކްރީމް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކަމަކަށް، އެވަކާޑޯގެ ތޮށި މަށައިލާށެވެ. އަދި އޭގައިވާ އޮއްތަށް ނަގާށެވެ. ގެރިކިރާއި ރޯކިރާއެކު ރަނގަޅަށް އެއްވަންދެން މިކްސްޗަރުގައި ގިރައިލާށެވެ. އަދި އެއަށްފަހު، އޭގެތެރެއަށް ވެނިލާ އެސެންސް، އައިސް ކްރީމް އަދި އައިސް ކިއުބް އެޅުމަށްފަހު އެނެއްކާވެސް އެއްކޮށްލާށެވެ.

އައިސްކްރީމް ތިބާ ބޭނުން މިންވަރަކަށް އެޅިދާނެއެވެ. ރަނގަޅަށް މިކްސްޗަރުން ގިރައިލުމަށްފަހު، ތައްޓަކަށްއަޅާ، އައިސްކްރީމް ސްކޫޕެއް އޭގެ މައްޗަށް ލާށެވެ. މިލްކްޝޭކް ގެ ޓޮޕިންއަށް ވިޕިން ކްރީމް، ބަދަން ނުވަތަ ޗޮކްލެޓް ސިރަޕްވެސް އެޅިދާނެއެވެ.