މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(‏އެމްއެމްޕީއާރްސީ)‏ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ ތައުފީގު) މަގާމުން ވަކި ކުރައްވައިފިއެވެ.

ރާއްޖޭގެ ޓޫރިޒަމް ބައިނަލްއަގުވާމީ މާކެޓްގައި ޕްރޮމޯޓްކުރާ ކުންފުނީގެ އެމްޑީގެ މަގާމަށް ކުޑީ އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގައެވެ.

އޭނާ މަގާމުން ވަކި ކުރިކަން ”އަސުރަށް“ ވަނީ ކަށަވަރު ވެފައެވެ.

ފާތިމަތު ތައުފީގު މަގާމުން ވަކި ކުރިއިރު، އެ ކުންފުނީގެ ޗެއާޕާސަން އައިޝާ ނުރައިން ޖަނާހު އިއްޔެ ވަނީ، މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން އިސްތިއުފާ ދެއްވައިފި

ނޫރެއިން އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުމް އިސްތިއުފާ ދެއްވުމުގެ ގޮތުން ދިވެހި ބަހުން ފޮނުވި ސިޓީގައި އެ ކުންފުނީގެ މިސްރާބު ހުރީ މުޅިން ނުބައި ރޫޓެއްގައި ކަމަށް ވިދާޅުވެފައިވެއެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ދަސްވެފައި ހުރި އިލްމަކާއި އުނގެނުފައި ހުރި ހިލްމެއްގެ ބޭނުން ހިފޭނެ މާހައުލެއް އެ ކުންފުނީގައި ނެތުމުން ކަމަށެވެ.