ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފިއެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިހާން މި ގައުމީ ރެކޯޑު އާކޮށްފައި ވަނީ 01.00.73 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ރިހާން ވަނީ މިއިވެންޓުން ފައިނަލް ސީ އަށްވެސް ދަތުރު ކޮށްފައެވެ.

100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ރިހާންއެވެ.

އެއީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. ރީހާން އެފަހަރު ގައުމީ ރެކޯޑު އާކޮށްފައިވަނީ 01.01.60 އިންނެވެ.