20 ވަނަ ރައްޔިތުންގެ މަޖިލިހަކީ ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.

Ads by Asuru

މަޖިލިހުގެ އާ މެމްބަރުން މިއަދު ހުވާ ކުރެއްވުމާ ގުޅިގެން ފައްޔާޒް“އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 20 ވަނަ މަޖިލިހުގެ އެންމެހާ މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގެ އާ ބާބެއްގެ ފެށުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށް މެމްބަރުން ކުރެއްވި ހުވައާ އެއްގޮތަށް އަމަލުކޮށް، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް މަސައްކަތްކުރުމަށް އެންމެހައި އިއްޒަތްތެރި މެންބަރުންނަށް އިލްތިމާސްކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވިހި ވަނަ މަޖިލިހުގައި 93 މެމްބަރުން ހިމެނިވަޑައިގަންނަވާ އިރު، އެ ހުރިހާ މެމްބަރުން ވެސް މިއަދު ހުވާ ކުރައްވައިފައެވެ. އަދި ހުވާ ކުރެއްވުމަށް ފަހުގައި ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައިވެއެވެ.

އާ މަޖިލީހުގައި، ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 75 މެމްބަރުން ތިއްބަވައެވެ.