މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތައް ފޮޅާ ސާފު ކުރުމުގެ މަސައްކަތަށް އިތުރު ދިވެހީން ހޯދުމަށް އެ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް 13 ދިވެހި ފިރިހެނުން ބޭނުންވާކަމަށެވެ.

މި މުވައްޒަފުން ނަގަނީ އެއް އަހަރު ދުވަހަށް ކަމުގައި ވެސް ބުނެފައިވެއެވެ.

މި މަގާމަށް ހޮވޭ މީހުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ ގަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމާއި އޭގެ އިތުރުން ވެސް ކައުންސިލް އިދާރާގެ ބައެއް އެހެނިހެން މަސައްކަތްތައް ކުރުމެވެ.

މި މަގާމުގެ މުސާރައިގެ ގޮތުގައި ބާރަހާހެއްހާ ރުފިޔާ ލިބޭނެއެވެ.