މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާ ކުރާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިމަހުގެ 31 ވަނަ ދުވަހު ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ކޯޕަރޭޝަންގެ ހެޑް އޮފް އޮފީސް އޮޕަރޭޝަންސް އައިޝަތު ގާހިރު ވިދާޅުވީ، ރާއްޖޭގެ ހައްޖުވެރިން ތިން ފްލައިޓަކަށް ބަހާލާފައިވާ ކަމަށާއި ހައްޖަށް ފުރާ ފުރަތަމަ ގްރޫޕު މި ހުކުރު ދުވަހު ފުރާނެ ކަމަށެވެ.

އަދި އެ ފްލައިޓުގައި ދަތުރުކުރާ ދަތުރުވެރިން މިއަދާ މާދަމާ ދަތުރަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ހައްޖުވެރިންނަށް ހައްޖު ކޯޕަރޭޝަނުން ތައްުޔާރު ކޮށްފައިވާ ތަމުރީނު ޕްރޮގްރާމު މިއަދު ކުރިއަށްދާނެއެވެ.

މި އަހަރު ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖޭން ހައްޖަށް ދަނީ 1000 މީހުންނެވެ.