މާލޭގެ މަގެއް މަތީގައި ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، މިރިހިމާގެ ހާމިދު އަބްދުﷲ ،39، އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހެޅި ހާދިސާގެ ރިޕޯޓުގައިވާ ގޮތުން އޭނާ ޖިންސީ ގުނަވަން ދައްކާފައިވަނީ ހެންވޭރުގައި ހުންނަ ބަސް ޓާމިނަލް ސަރަހައްދުގައި ތިބި ކުޑަކުދިންނާއި އަންހެނުންނަށެވެ.
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޕެޕާ ސްޕްރޭ ޖަހައިގެން ކަަމަށާއި އޭނާ އަކީ ކުށުގެ ރެކޯޑު ގިނަ ފަރާތެއް ކަމަށްވެސް ބުނެފައިވެއެވެ.
