ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގައި މި މަހުގެ ކުރީކޮޅު މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ޖޫރިމާނާކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ އެމެރިކާގެ ރައްޔިތެއް ކަމުގައިޓާ ހަޑަޑް ވިސާމްއެވެ. މާރާމާރީ ހިންގީ އޭނާ ލަގެޖްގެ ބަރުވެގެން، ފައިސާ ދައްކަން އެދުމުންނެވެ.
އެ މައްސަލާގައި އޭނާ ހައްޔަރުކުރުމަށްފަހު ފަހުން ވަނީ ފުރުން މަނާކުރުމަށްފަހު ދޫކޮށްލާފައެވެ.
އެ މައްސަލައިގައި ދައުލަތުން ވަނީ ހަޑަޑް ވިސާމްގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. މި ދެ ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.
އެހެންވެ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގައި އޭނާ 7،200 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފައެވެ. އަދި، ގައިގައި އަތްލުމުގެ ކުށުގެ ދައުވާގައި އޭނާގެ މައްޗަށް އިއްވާފައިވަނީ 3،600 ރުފިޔާގެ ޖޫރިމަނާއެކެވެ.
ކްރިމިނަލް ކޯޓުން ވަނީ ޖޫރިމާނާ އަށްވާ 10،800ރ. މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ހަލާސް ކުރަން އަންގައިފައެވެ.
