އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އަކީ ރާއްޖެއަށް ވަރަށް ނުރައްކާތެރި ޕާޓީއަކަށް ވެފައިވާ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީގެ ސަރުކާރެއް ރާއްޖޭގައި އުފެދިގެން ހިނގައްޖެނަމަ، ކިޔަން ޖެހޭނީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށާއި، ”ދޮވެލާ“ ސަރުކާރު ކަމަށެވެ.

ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ، އެ ޕާޓީން އާމްދަނީ ހޯދާނެ ގޮތެއް ހޯދުމަކާއި ނުލައި، އަބަދު ވެސް ޚަރަދު ކުރަމުން ގެންދިޔުމެވެ.

”އެ ޕާޓީގެ، މިހާ ހިސާބަށް ވެރިކަން ކުރި ހުރިހާ ބޭފުޅުން(ވެރީންގެ) ސިޔާސަތުތަކަކީ ރައްޔިތުންނަށް ޒަހަރަކަށް ވެއްޖެ.“ ފަލާހު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރާއްޖޭގައި، އެމްޑީޕީގެ ސަރުކާރެއް ޤާއިމުވެގެން ދިޔަނަމަ، ރާއްޖެ އޮންނާނީ ސްރީލަންކާގެ ޙާލަތުގައި ކަމަށެވެ.

އެގޮތުން ކާނެ ކާޑާއި، ބޯނެ ފެނާއި، 24 ގަޑިއިރު، ކަރަންޓުގެ ޚިދުމަތް ވެސް ނުލިބުނީސް ކަމަށެވެ.