ޗޮކްލެޓް ޑޯނަޓް ހަދަން ބޭނުންވާނެ ތަކެތި:

50ގ ކޮކޯ ޕައުޑާ

Ads by Asuru
150ގ ބަޓަރ

100ގ ޑާކް ޗޮކްލެޓް

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

5 ބިސް

100ގ ޗޮކްލެޓް (ދިޔާކޮށްލާފަ)

50ގ ސްޕްރިންކަލް

ތައްޔާރު ކުރާނެގޮތް:

ތަވާ މަޑުގިނީގައި އުދާފައި ޑާކް ޗޮކްލެޓް އަދި ބަޓަރ އަޅާ ކައްކާލާށެވެ. ކެކުމުން ބޭކިންގ ޕައުޑަރު، ހަކުރާއި އެސެންސް އަޅާ އެއްކޮށްލާށެވެ. ދެން ތަވާ އުދުންމަތިން ބާލާފަ ހޫނުކަން ހުއްޓާ ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ.

އެއަށްފަހު ކަޕްކޭކް ޓްރޭގެ ކޮންމެ ކަޕެއްގެ މެދަށް ގްރީސްޕްރޫފް ޕޭޕާއިން ބޯޅައެއް ހަދާފަ ލާށެވެ. އަދި އެއްކުރި ބައި އަޅާފަ 8-10 މިނެޓް އަވަނުން ފިހެލާށެވެ.

ފިހެވުމުން ކޮންމެ ޑޯނަޓެއްނަގާ ދިޔާކުރި ޗޮކްލެޓް ތެރެއަށްލައި، މައްޗަށް ސްޕްރިންކަލް އެޅުމުން ޗޮކްލެޓް ޑޯނަޓް މިއޮތީ ތައްޔާރުވެފައެވެ.