ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑުގެ ލަގަބު އުރީދޫ މޯލްޑިވްސްއިން ނ. ލަންދޫއަށް އަރުވައިފިއެވެ.

Ads by Asuru

މި ލަގަބު ލަންދޫއަށް އަރުވާފައިވާއިރު، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒު ވަނީ ލަންދޫ ކައުންސިލްގެ ރައީސް، އަބްދުލް އަޒީޒަށް އެކަމާއި ބެހޭ ހާއްސަ ފިލައެއް ވެސް އަރުވާފައެވެ. އަދި ލަންދޫގެ ރަސްމީ ވެބްސައިޓެއް ވެސް ވަނީ އިފްތިތިހާހު ކޮށްދެއްވާފައެވެ.

މި ހާއްސް ލަގަބު އެންމެ ފުރަތަމަ ލަންދޫއަށް އެރުވުނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ.

ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވަރމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓްގެ ސަބަބުން އަލިއަޅުވާލާފައިވެއެވެ.

ނ.ލަންދޫ ކައުންސިލާއި ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް އުރީދޫން މަޢުލޫމާތު ދެއެވެ.

ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުން ކަމަށް އުރޫދީން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރުކޮށްދޭ ކަމަށް ވެސް އުރީދޫން ބުނެއެވެ.