އިންޑިއާއާއި ބަންގްލަދޭޝްއަށް ބޯކޮށް ވާރޭ ވެހި، ހިނގައިދިޔަ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 15 މީހުން މަރުވެއްޖެއެވެ.

Ads by Asuru

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ހާދިސާގެ ސަބަބުން އެތައްހާސް ބަޔަކަށް ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

ބަންގްލަދޭޝްގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މި ހާދިސާގައި މަރުވެގެން ދިޔަ މީހުންގެ ތެރޭގައި، ރޮހިންޔާއަށް ނިސްބަތްވާ އަށް މީހަކު ހިމެނޭ ކަމަށެވެ.

ބަންގްލަދޭޝްގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ، ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހިނގާ މިފަދަ ހާދިސާތައް ހިނގުން އެއީ އާއްމު ކަމެކެވެ.

ބަންގްލަދޭޝް ކައިރީގައިވާ، އިންޑިއާގެ އައްސާމް ސްޓޭޓުން، ފެންބޮޑުވުމުގެ ސަބަބުން އަންގާރަ ދުވަހު ހަ މީހަކު މަރުވި ކަމަށް ބޭރުގެ މީިޑިއާތަކުން ރިޕޯޓު ކުރެއެވެ. އެ ސްޓޭޓުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި، އަންހެނަކާއި، އޭނާގެ ތިން ދަރިން، ”ދިރި ހުއްޓާ ވަޅުލެވުނު“ ކަމަށް އަލްޖަޒީރާ ނޫހުގައި ބުނެފައިވެއެވެ.