ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަކާ ހޮސްޕިޓަލަށް ގެންދިޔައީ، ކުއްލިއަކަށް ހުން ގަދަވެ، ނޭވާލާން އުނދަގޫވުމުންނެވެ.
އައްޑޫ ހިތަދޫ ނީލްގޭ، ބަކާ، 38، މި އަހަރު ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ދެއްވި ދައުވަތުފުޅުގެ ތެރެއިން ލިބުނު ފުރުސަތެއްގައެވެ.
ގައުމީ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.
އޭނާވިކްޓްރީ، ވެލެންސިއާ، ނިއު ރޭޑިއަންޓް، އީގަލްސް، އައިލޭންށް އެފްސީ އާއި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ އަށް ވެސް ކުޅެފައިވެއެވެ.
