ފުލުހުންގެ ޑްރަގް އޮޕަރޭޝަނަކަށް ހުރަސް އެޅި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފުވައްމުލަކު ދޫޑިގަން އަވަށުގައި މިރޭ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަންގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި، އިތުރު ބަޔަކު އެތަނަށް އައިސް ފުލުހުންނާއި ކުރިމަތިލާފައިވާ ކަމަށެވެ.
މިކުރިމަތިލުމުގެ ތެރެއިން ފުލުހަކަށް އަނިޔާވެފައިވެއެވެ.
އަދި މިމައްސަލައާ ގުޅިގެން ޕޮލިސް ސްޓޭޝަނަށް ކުރިމައްޗަށް އެއްވި މީހުންގެ ތެރެއިން މީހަކު ޕޮލިސް ސްޓޭޝަންތެރެއަށް ވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ހިދުމަތުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ޖުމްލަ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
