ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ސަސްޕެންޑްކޮށްފިއެވެ.
އެ ދެ ބޭފުޅުން ސަސްޕެންޑު ކޮށްފައި ވަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަކީ ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ.
ޝަމްނާޒް ސަސްޕެންޑްކޮށްފައިވާއިރު، އޭނާ ވަނީ، ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އޭނާއާ އެކު އިތުރު ދެ މީހަކު ވެސް އެ ތުހުމަތުގައި ހައްޔަރުކުރިއެވެ.
