ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަނީ އައްޑޫ ސިޓީގައި ކަމަށް އެ ސިޓީ ކައުންސިލަރުން ފާހަގަކުރައްވައިފިއެވެ.

Ads by Asuru

އައްޑޫގެ ކައުންސިލަރުން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ހެނދުނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން އައްޑޫގެ ކައުންސިލަރުން ވަނީ ރައީސް ސޯލިހާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީ އަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާ ސިޓީކަން ފާހަގަކުރައްވާ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސޯލިހް އައްޑޫ ސިޓީ ކައުންސިލާ ގިނަގިނަ އިން ބައްދަލުކުރައްވައި ގާތުން ކަންކަން ބައްލަވަމުން ގެންދަވާ ކަންވެސް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.