ޓިއުޝަންދޭން ގެންގޮސް، ފިރިހެން ދަރިވަރަކަށް ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯ ދެއްކި ޓީޗަރަކު، ހުޅުމާލެ ފޭސް2ގައި، ރައްޔިތުން ނުކުމެ ވަނީ ހަވަރަށް ދީފައެވެ.

Ads by Asuru

އޭނާއަށް އަނިޔާ ކުރިއިރު، މި މައްސަލަ މިމަހުގެ 15 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރި ގޮތަށް އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ގާޒީ ސްކޫލްގެ ޓީޗަރު ވަނީ، އޭނާއަށް އަނިޔާކޮށް، ބިރު ދެއްކުމުން، އެއް ދަރިވަރަކާ ބެހުނު ކަމަށްވެސް އެއްބަސްވެފައެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑީއާ އޮފިޝަލް ވިދާޅުވީ ސްކޫލް ކުއްޖަކަށް ޓިއުޝަން ދިނުމަށް ކަމަށްބުނެ ގެއަށް ގެންގޮސް، ކުއްޖާއަށް ބަދުއަހުލާގީ ވީޑިއޯ ދެއްކި މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަށް މިނިސްޓްރީއަށް ހުށަހެޅީ މިމަހުގެ17 ވަނަ ދުވަހުއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަ އެ ދުވަހުން ފެށިގެން އޭނާއަށް ސްކޫލަށް ހާޒިރު ނުވެވޭގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށްވެސް ހުށަހެޅި ކަމަށް ވިދާޅުވިއެވެ.   ފުލުހުންވެސް ބުނީ މިކަން ބަލަމުން އަންނަ ކަމަށެވެ.