މިފްކޯގެ ސައިޓެއް ކަމުގައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ގެ މުވައްޒަފުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ހެނދުނު ކޫއްޑޫގައި ފެށި މި ޕްރޮގްރާމުގައި މިފްކޯ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ގެ އިތުރުން މެނޭޖުމެންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ކޭއެފްސީގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރު މުސްތަފާ ޖަމީލު (އޭއާރުއެމް) ވިދާޅުވީ، ޖުމްލަކޮށް މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން މުވައްޒަފުން އިތުރަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތުމާއެކު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ފެށީ ކަމުގައެވެ.

”މި ހަފްތާ ނިމެންވާ އިރަށް ރަށުތެރެ އެއްކޮށް ސާފުކުރެވޭނެ.“ މުސްތަފާ ވިދާޅުވިއެވެ.

 

ކޭއެފްސީގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރު މުސްތަފާ ޖަމީލު (އޭއާރުއެމް)

ކުންފުނީގެ މާލީ ހާލަތު ތަންދޭ މިންވަރަކުން މިފްކޯއިން އަންނަނީ ކޫއްޑޫ ފެސިލިޓީން އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންނެވެ.