ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ޏ.ފުވައްމުލައް، މާލެގަން، މެލޯ މިއުވާން މުހައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.

Ads by Asuru

އޭނާ މި މަގާމަށް އައްޔަނު ކުރީ ރައީސް އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު މަބްރޫކް އަޒީޒު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މީގެ ކުރިން މިއުވާން ހުންނެވީ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަގާމު އަދާކުރައްވާފައެވެ.

މިއުވާން އަކީ ސްޓްރެޓިޖިކް މެނޭޖްމަންޓް އެންޑް ލީޑަރޝިޕްގެ ގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.