މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިންގެ ނަން ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން އައްޔަން ކުރުމަށް ގަސްތުކޮށް، އެކަމަނާ އެ މާގާމަށް އައްޔަނު ކުރުމަށް ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައި ވާގޮތުގެ މަތިން މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ހިސާން އެމްޑީޕީއަށާއި ޕާޓީގެ މެންބަރުންނަށް ކޮށްދެއްވާފައިވާ އިޙްލާސްތެރި ގިނަގުނަ ޚިދުމަތްތަކަށް ބަލާއިރު، އޭނާ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް ދެކިވަޑައިގަންނަވައެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމާއެކު މި ނިންމުމުގައި އެކަމަށްވެސް ވިސްނުން ބަހައްޓާފައިވާނެ ކަމަށެވެ.

ހިސާން ވަނީ ޝާހިދުގެ ހުށަހެޅުން ގަބޫލުކުރައްވަވައި، އޭނާއަށް ޝުކުރު އަދާ ކުރައްވައިފައެވެ.