އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާ އަށް ފުރާވަޑައިގެންފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސައީދުގެ މި ދަތުރުފުޅުގައި އެމެރިކާގެ އިގްތިސާދީ ދާއިރާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އަދި އެމެރިކާގެ ވިޔަފާރިވެރިންގެ މައި ޖަމިއްޔާގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުންތައް ވަރުގަދަ ކުރުމެވެ.

މިނިސްޓަރުގެ މި ދަތުރުގައި، އިންވެސްޓްމަންޓްތައް ހޯދުމަށް މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.