މާތްﷲއަށް އީމާންވެ، މުސްލިމެއްގެ ގޮތުގައި މި ދުނިޔެ ދޫކުރާ މީހުންނަށް ސުވަރުގޭގެ އެންމެ މަތިވެރި ނިއުމަތް ލިބޭނެކަމުގެ ޔަގީންކަން އެކަލާނގެ ވަނީ ދެއްވާފައެވެ. ޝެއިޚް އާސިމް އަލް ޙަކީމްއާ މީހަކު ސުވާލު ކުރިއެވެ. ސުވަރުގޭގައި އަހަރުމެން އިންސާނުން ތިބޭނީ ކިހިނެެއް ހެއްޔެވެ؟

Ads by Asuru

ޝެއިހު ވިދާޅުވީ ސުވަރުގޭގެ އަހުލުވެރިންނަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ބައެއް ކަަމަށެވެ. ސުވަރުގޭގައި ތިބޭ މީހުންގެ އުމުރަކީ 33 އަހަރު ކަމަށާއި، އެއްވެސް މީހަކު އެއަށްވުރެ ހަގު ނުވަތަ ޒުވާންވެސް ނުވާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

”ޖިސްމާނީ ގޮތުން ބެލިޔަސް، ސުވަރުގޭގެ އަހުލުވެރިން ފުރިހަމަވާނެ. އެއީ އެންމެ ރީތި އިންސާނުން. އަދި އެމީހުންގެ ކިބައިން އެއްވެސް އައިބެއް ނުފެންނާނެ.“ ޝެއިޚް ވިދާޅުވެފައިވެއެވެ.

ސުވަރުގޭގެ އަހުލުވެރިން އެހާ ފުރިހަމައިރު، އަހަރުމެންނަށް އޮތް ގޮތަކީ އެތަނަށް ދެވޭތޯ ގަދަ އަޅާ މަސައްކަތް ކުރުމެވެ.

މި ދުނިޔޭގައި ނަލަ ހެދި، އެންމެ ރީތި ފޭރާން ލާން ބޭނުންވާއިރު، ނިމުމެއް ނެތް، އަބަދަށް ދެމިގެންވާ ދުނިޔޭގައި، އެންމެ ރީތި އިންސާނެއްގެ ގޮތުގައި ހުންނަން ނޭދޭނީ ކާކުހެއްޔެވެ؟