ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހަރަދުތައް ކުޑަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ކޮމިޝަނުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގާ ޓްރޭނިން ޕްރޮގްރާމްތައް ފިޔަވައި އެހެނިހެން ޕްރޮގްރާމްތައް މަޑުޖައްސާލުން ހިމެނެއެވެ.

އަދި އިތުރުގަޑީގައި ކޮންމެހެން ނުކުމެ ކުރަން ޖެހޭ މަސައްކަތްތައް، ސުޕަވައިޒަރުގެ ހާއްސަ ހުއްދާއާއެކު ކުރުމަށާއށ ސުޕަވައިޒަރުން އިތުރުގަޑި މޮނިޓާކުރުމާއި އާ މުވައްޒަފުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުން ހިމެނެއެވެ.

ރިޒްނާ ވިދާޅުވީ އާ ފަނޑިޔާރުން ނެގުމުގެ މަސައްކަތާއި އާ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުތައް މިވަގުތަށް ނުބޭއްވުމާއި މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުން ދިގު މުއްދަތުގެ ކޯސްތަކަށް ވީއްލުން މަޑުޖައްސާލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، ސިޔާސީ މަގާމުތައް މަދު ކުރުން ވެސް އޭގެތެރޭގައި ހިމެނެއެވެ.