އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާގެ ކާރުކޮޅު އެކްސިޑެންޓް ވެއްޖެއެވެ.

Ads by Asuru

މި އެކްސިޑެންޓް ހިނގާފައިވަނީ މިނިސްޓަރުގެ ކާރުކޮޅާއި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގިއިރު ސައިކަލުގައި ދެ މީހުން ތިއްބެވެ. އެތަނުން އެކެއްގެ ބޯފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި ފަރާތް އެމްއެންޑީއެފްގެ ވެހިކަލެއްގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްދީފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.