އިމިގްރޭޝަނާ ގުޅޭ ތަމްރީނުތައް ސައުދީ އަރަބިއްޔާ އިން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެެ.
މި މަޝްވަރާކޮށްފައި ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު އިއްޔެ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރާ އެކީ ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ރާއްޖެ އާއި ސައޫދީއާ ދެމެދު އިމިގްރޭޝަންގެ ދާއިރާއިން ބާއްވަމުން އަންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އަދި އިމިގްރޭޝަނާ ގުޅޭ ތަމްރީންތަކަށް ސަޢޫދީން ދޭ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

