ލޯބިވެރިޔާ އަށް އަނިޔާ ކުރި ދިވެއްސަކު އެއް މަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރީ ގދ. ތިނަދޫ އަށް 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުގައި އޭނާއަކީ އެކި މައްސަލަތަކުގައި 26 ފަހަރު ބަންދު ކުރި މީހެކެވެ. ފުލުހުން ވަނީ އޭނާ އަނިޔާވެރި އަމަލެއް ހިންގި ކަމުގެ ހެކި ހުށަހަޅައިފައެވެ.
އެމީހާ ބަންދުން ދޫކޮށްލައިފިނަމަ އޭނާ ލޯބިވެރިޔާއަށް އަނިޔާކޮށް ކުށް ތަކުރާރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށް ބުނެފައިވެއެވެ.
އަމުރުގައި ބުނެފައި ވަނީ އޭނާއާ އަނިޔާ ލިބުނު މީހާއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަން އޭނާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.

