މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގެ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައި ވާކަމަށެވެ.

މި މައްސަލައާ ގުޅިގެން 22 އަހަރާއި 27 އަހަރާއި އަދި 30 އަހަރުގެ ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން އެ މީހުން ހައްޔަރުކުރީ މީހަކު ގެސްޓްހައުސްއެއްގައި ހުއްޓާ އެތަނަށް ވަދެ، މުދަލަށް ގެއްލުން ދިނުމަށްފަހު އޭނާ ރަހީނުކުރި ކަމަށް ތުހުމަތުކޮށެވެ.