ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފެށި ”އޮޕަރޭޝަން ކުރަނގި“ މުޅި ރާއްޖެއަށް ފުޅާ ކޮށްފިއެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.
މިގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ އިނގިލީގެ ނިޝާަން ނެގުމުން، އެ ބިދޭސީ މީހާާ ވަޒީފާ އަދާ ކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ ކަށަވަރު ކުރާނެ ކަަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.
އަދި މި އޮޕަރޭޝަނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގަވާއިދާއި އެއްގޮތަށް، އަދި ގަވާއިދާ ހިލާފަށް އުޅޭ ތޯ ބެލުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމާއި އެ މީހުންނަށް ވަޒީފާ ދޭ ފަރާތެއް ހޯދުމަކީ މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ.

