ބޭނުންވާތަކެތި:

2/1 ޖޯޑް ކޮކޯ ޕައުޑާ

2/1 ޖޯޑް މައިލޯ

2/1 ލާހި ފުށް

1 ޖޯޑް ހަކުރު

1 ސައިސަމްސާ ބޭކިންގ ޕައުޑަރ

1 ޖޯޑް ހިކި ކިރު

1 ސައިސަމްސާ ވެނީލާ އެސެންސް

3 ބިސް

4/1 ޖޯޑް ތެޔޮ

ފުލްކްރީމް މިލްކް ޕެކެޓް އެއް

ބަޓަރ

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ބިހާއި، ހަކުރާއި، އެސެންސާއި  ތެޔޮ، 3/1 ޖޯޑް ފުލްކްރީމް މިލްކް އަޅައިގެން މިކްސްސަރ އިން ބްލެންޑް ކޮށްލާށެވެ.

އެއަށްފަހުގައި ފުށާއި، ކޮކޯ ޕައުޑަރާއި، މައިލޯ އާއި ބޭކިންގ ޕައުޑަރާއި، ކިރު އެއްކޮށްލުމަށް ފަހު، މިކްސްސަރުން ގިރާލި ބައި އަޅަމުން އެއްކުރާށެވެ.

ކޭކް މިކްސް ހިކި ނަމަ ކުޑަކޮށް ދިޔާވާވަރަށް ފުލްކްރީމް މިލްކް އަޅާލާށެވެ. ދެން، ޓްރޭ ހޫނު ކުރުމަށްފަހު، ބަޓަރ ހާކައި އެއަށް ކޭކް މިކްސް އަޅާށެވެ. އަދި އަވަނުން ކޭކް ފިހެލުމަށްފަހު މައްޗަށް މައިލޯ ކޮޅެއް ބުރުވާލާށެވެ.