ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރި މައްސަލައެއްގައި ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
އެގޮތުން ފުލުހުން މިއަދު ބުނި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ޔެލޯވިލާ، ޢަދުނާން (54އ) އެވެ.
އޭނާވހޯދަމުންދަނީ ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 އޮގަސްޓް 4 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އަދުނާން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.


އިންކާރުކުރީމައި ފުލުހުން އޭނާދޫކޮށްލަނީކީއްވެ