ޓިކްޓޮކް އެޕްގައި މީގެ ކުރިންވެސް ބަރަހަނާވެގެން ވީޑިއޯ ހިއްސާކުރި ”ޔާޔާ ނަބީލް“ އަނެއްކާވެސް އެފަދަ ވީޑިއޯތައް މިނިވަންކަމާއެކު ހިއްސާ ކުރަން ފަށައިފިއެވެ.

Ads by Asuru

ޔާޔާ ނަބީލުގެ ނަމުގައި ޓިކްޓޮކްގައި އަންހުންގެ ހެދުން އަޅަައިގެން ވީޑިއޯ ހިއްސާ ކުރަމުން ދިޔައީ ގ.ކަމަރާގޭ އުމުރުން 36 އަހަރުގެ މުހައްމަދު ނަބީލުއެވެ.

އޭނާ މީސްމީޑިއާގައި ބަރަހަނާވެގެން ވީޑިއޯ ހިއްސާ ކުރިއިރު، މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ، މިނޫހުން ސުވާލު ކުރުމުން، ފުލުހުން ޖަވާބު ދީފައެއް ނުވެއެވެ.

ބަރަހަނާ ވީޑިއޯ އާންމު ކުރި މައްސަލައިގައި މީގެކުރިން، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރިއެވެ. އެފަހަރު އޭނާ ޝަރުތުތަކަކާއެކު ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ.