ވެރިރަށް މާލޭގެ ގެއަކުން ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު މާލޭގެ ގެއަކުން 26960 ރުފިޔާ ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މ.ދިންމަނަ، އުމުރުން 32 އަހަރުގެ ތިލްމީޒް ކަމަށެވެ.

އޭނާ ފޭރުނު ފައިސާތައް އޭގެ ވެރިފަރާތާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

 

ި