ރ.މަޑުއްވަރީގައި އެއްވެސް ސަރުކާރަކުން ތަރައްގީގެ މަޝްރޫއުތަައް ނުހިންގާ މިންވަރަށް، މި ސަރުކާރުން ހިންގަމުން އަންނަ ކަަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަޑުއްވަރިއަށްވެސް ވަނީ ވަޑައިގަންނަވާފައެވެ.

މަހުލޫފު ވިދާޅުވީ، އެރަށުގައި އެންމެ ގިނަ މަޗްރޫއު ހިންގީ މިސަރުކާރުން ކަމަށާއި، އެރަށުގައި، ނިމިފައި، ހިނގަމުންދާ އަދި ރޭވިފައިވާ އަށް މަޝްރޫއުގެ ތެރޭގައި ޔޫތު މިނިސްޓްރީގެ މަޝްރޫއުތައްވެސް ހިމެނޭ ކަމަށެވެ. އެއީ ޔޫތު ސެންޓަރާއި، ވޮލީ ކޯޓާއި، ފުޓްސެލް އަދި ޕާކު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިއްޔެ ވަނީ މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެރަށުގެ ރައްޔިތުންނަށް ދަތިވަނީ ކޮންކޮން ކަމެއްތޯ ބެއްލެވިއެވެ.