ބޭނުންވާ ތަކެތި:

Ads by Asuru

3 ޖޯޑު ފުށް

2 ސައިސަމުސާ ބޭކިންގް ފައުޑަރ

2 ޖޯޑު ހަކުރު

1 އިންޗި ފޮނިތޮށި

2 ކާފޫރުތޮޅި

4 ރާނބާފަތްކޮޅު (1/2 އިންޗިއަށް ބުރިކޮށްފަ)

1 ޖޯޑު މާފެން

2 މޭޒުމަތީ ސަމުސާ ފިނިފެން

ރަތްކުލަކޮޅެއް

ތެޔޮ (ތެލުލެވޭވަރު)

ތައްޔާރުކުރާނެ ގޮތް:

ފުށް، ބޭކިން ޕައުޑަރ އަދި ކުލަ ހިފާވަރަށް ކުލަކޮޅަކާއި އެއްކޮށްލުމަށްފަހު މާފެން އަޅާފައި ގިރާލާށެވެ.

(ގިރާނީ ސަމުސަލުން ތަވަޔަށް އަޅާލެވޭ ވަރަށް) ދެން ތާހަކަށް ހަކުރާއި ފޮނިތޮށި، ކާފޫރު ތޮޅި އަދި ރާނބާފަތް އަޅާލުމަށްފަހު މަޑު ގިނީގައި ކުޑަކޮށް އޮލަވަންދެން ހަކުރު ކައްކާލުމަށްފަހު ފިނިފެން ފޮދު އެއްކޮށްލާފައި އުނދުންމަތިން ބާލާފައި ބަހަށްޓާށެވެ.

ދެން ވަކިން ތާހަކަށް ތެޔޮ އަޅާފައި ކެކިގަތީމާ އައިސިންބޭގަކަށް ހިމަ ދޯރިއެއް ލައްވާފައި އޭގެ ތެރެއަށް ފުށްކޮޅު އަޅާށެވެ. އަދި އަވަސް އަވަހަށް ރޮނގެއް ގޮތަށްކާރިކޮށް ތެޔޮތާސް ތެރެއަށް އަޅަމުން ދާށެވެ. ދެން ތެލުލެވުނީމާ ހޫނުކަން ހުއްޓާ ހަކުރު ފަނިގަނޑަށް ލައިފާ ނަގާ ދުރުގައި ބަހަށްޓާށެވެ.

މަސްދަރު: ޖުވޭރިޔާ ވަޖުދީ