އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ހެނދުނު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.
އެ ސިޓީން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، އެ ސިޓީގެ މޭޔަރު ނިޒާރާއި އެކި ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި، ހަންކެޑެ ބުރިޖްގެ މަޝްރޫއު ސަރުކާރާއި ހަވާލުކުރުމަށް ހަމަޖެހިފައިވެއެވެ.
އިއްޔެ އިންޑިއާގެ އެހީގައި 28 ރަށެއްގައި ގާއިމު ކުރި ފެނާ ނަރުދަމާގެ މަޝްރޫއުތައް ވެސް ސަރުކާރާ ހަވާލު ކުރުމަށް ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.
ޖައިޝަންކަރު އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ވެސް ބައްދަލުކުރައްވައި، ރާއްޖެ-އިންޑިއާ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ.

