ޕާކިސްތާނަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި، ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ، އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި އެގައުމަށް ދިމާވި މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ.

Ads by Asuru

އެގައުމުގެ މޫސުމާ ބެހޭ ވަޒީރު ވިދާޅުވަނީ، ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި މިހާރު އޮތީ ފެނު އަޑީގައި ކަމަށެވެ.

”ހީވަނީ ބޮޑު ކަނޑެއްހެން، ފެން ހިއްކަން އަރާނެ ހިކި ފަސްކޮޅެއްވެސް ނެތް.“ މޫސުމާ ބެހޭ ޝެރީ ރެެހެމާން އޭއެފްޕީއަށް ވިދާޅުވިއެވެ.

ޖޫންމަހުން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގައި މިހާތަނަށް 1،136 މީހުން ވަނީ މަރުވެފައެވެ. މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފާއިތުވި 10 އަހަރުގެ ތެރޭގައި ފެންބޮޑު ނުވާ މިންވަރަށް ވެފައިވާއިރު، އެގައުމުގެ ސަރުކާރުން ބުނާގޮތުގައި، މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނަތީޖާއެވެ.

ޕާކިސްތާނުގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގައި އޮފިޝަލުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ—

މޫސުމާ ބެހޭ ވަޒީރު ވިދާޅުވީ ”މިވަރުކަމެއް މީގެ ކުރިން ފެނިފައިނެތް“ ކަމަށެވެ.

ފެންބޮޑުުވުމުގެ ހާދިސާތަކުގެ ސަބަބުން އެތައް ބަޔަކު މަރުވަމުންދާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 75 މީހަކު ވަނީ މަރުވެފައެވެ. މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބީބީސީއާ ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޯ-ޒަރްދާރީ ވިދާޅުވީ މަރުވި މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށެވެ.

ޕާކިސްތާނުގައި ފެންބޮޑުވުން: އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައި–

އޮފިޝަލުން ލަފާކުރާ ގޮތުގައި، މި ކާރިސާގެ އަސަރު ޕާކިސްތާނުގެ އާބާދީގެ 33 މިލިއަން މީހުންނަށް ވަނީ ކޮށްފައެވެ. އެއީ އެގައުމުގެ ކޮންމެ ހަތް މީހަކުން އެކެކެވެ.