ރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެއެވެ.

އުމުރުން 76 އަހަރުފުޅުގައި ޒާހިރު ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރުއެވެ.

އޭނާއަކީ އެމްޑީޕީގެ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެކަކެވެ.

އޭނާ ވަނީ އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަންވެސް ކުރައްވަވައިފައެވެ.

ތަފާތު ވިޔަފާރިތައް ކުރައްވަވާ ޒާހިރު ނިޔާވިއިރު، އަންބަކާއި ނުވަ ދަރިން ދުނިޔޭގައި އެބަތިއްބެވެ.