މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެ އަށް ވެސް ވައިޓް އެލާޓް ނެރެފިއެވެ.
މެޓުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އަކަށެވެ.
މެޓުން ބުނީ އެލާޓުގެ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވެސް ލަފާކުރެއެވެ.
މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯހެކެވެ.

