އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024ގައި ދިވެހި ޓީމުތަކުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ޓީމުތަކަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އެ ޓީމުތަކަށް މަރުހަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި މުބާރާތުގައި ބައިވެރިވި ދިވެހި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުން ވަނީ 2026 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްގެ ޖާގަތައް ހޯދާފައެވެ.

 

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށްދަނީ ކ.ތުލުސްދޫގައެވެ. މި މުބާރާތް ފަށާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އަންނަ ހޮނިހިރު ދުވަހު ނިމޭ މި މުބާރާތުގައި އޭޝިއާގެ 20 ގައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.